އޯޕަން ޔުނިވަރސިޓީ މެލޭޝިޔާa”
ފެކަލްޓީ އޮފް އެޑިޔުކޭޝަނަލް ސްޓަޑީސް
ED501
މޯލްޑިވިއަން ސްޓަޑީސް
އާދަމް ޚަލީލް
ލެކްޗަރަރ: ޢާޠިފާ ޒަކަރިއްޔާ
ލަރނިންގ ސެންޓަރ: ވިލާ ކޮލެޖް
ޓްރިމެސްޓަރ: ސެޕްޓެމްބަރ 2013
ފިހުރިސްތު
1.0 ފެށުން
އުތީމު a”ދަރިކޮޅަކީ ދިވެހިރާއްޖެ އިސްލާމްވުމަށްފަހު ދިވެހި ތަޙުތުގައި ރެދަލި ކުރެއްވި 4 ވަނަ ދަރިކޮޅެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި އުތީމު ދަރިކޮޅަކީ ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައިވެސް އެންމެ ޚާއްޞަ ޤަދަރެއް ދެވޭ ދަރިކޮޅެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ މައްޗަށް ފުންކޮށް ނަޒަރު ހިންގާލާއިރު އުތީމު ދަރިކޮޅުގެ ރަސްކަމަކީ ރާއްޖޭގައި ރަސްކަން ކުރެއްވި ޢާއިލާތަކުގެ ތެރެއިން އެންމެ ޚިދުމަތްތެރި އެއް ޢާއިލާ ކަމުގައި ނޫނީ ނުވާނެއެވެ. އަދި މި ދަރިކޮޅުން ދިވެހި ޤައުމަށް ތަފާތު ރޮނގުތަކުން ޚިދުމަތްކޮށްދެއްވާފައިވާކަމީ އެއްވެސް ދިވެއްސަކު ދެބަސްވާނެކަމެއް ނޫނެވެ. މިފަދަ ދަރިކޮޅަކުން ކޮށްދެއްވި ޚިދުމަތްތަކަށް ބަލައިލުމަކީ ވަރަށް މުހިންމުކަމެކެވެ. ވީމާ، މި މަޒުމޫނުގައި މައިގަނޑުކޮށް އަމާޒުކޮށްފައިވާނީ އުތީމު ދަރިކޮޅުން ދިވެހި ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކުގެ މައްޗަށެވެ. މި މަޒުމޫނުގައި މި ދަރިކޮޅުން ރަސްކަންކުރެއްވި 8 ބޭފުޅުންގެ ޚިދުމަތްތަކުގެ މައްޗަށް ވަކިވަކިން ބަލައިލާފައިވާނެއެވެ. މީގެ އިތުރުން މި ދަރިކޮޅުން ކުރެއްވި ހަނގުރާމަތަކާ ގުޅޭ މަޢުލޫމާތާއި، ފަނޑިޔާރުކަންކުރެއްވި ބޭފުޅުންގެ މަޢުލޫމާތާއި، އިމާރާތްކުރެއްވި ބިނާތަކާ ގުޅޭ މަޢުލޫމާތާއި، އުތީމުގެ ދަރިފަސްކޮޅު ދައްކުވައިދޭ ޗާޓެއް އެޕެންޑިކްސް 1، 2، 3 އަދި 4 ގައި ހިމަނާފައިވާނެއެވެ.a"
2.1 a”އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޡަމް ސިރީސަވާދީއްތަ މަހަރާދުންa"
އުތީމު a”ދަރިކޮޅުންގެ ތެރެއިން އެންމެ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެއް ބޭކަލަކީ މުޙަންމަދު ތަކުރުފާނެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) ލިޔުއްވާފައިވާ ގޮތުގައި، އެމަނިކުފާނު ކޮށްދެއްވި އެންމެ އަގުހުރި ޚިދުމަތަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވުމެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2011) ލިޔުއްވާފައިވާ ގޮތުގައި، އުތީމު ބޮޑުތަކުރުފަނާއި އެތަކުރުފާނުގެ އެކުވެރިން ގެންގުޅުއްވި ސިޔާސަތަކީ، ދެއްކެވި ހަނގުރާމައިގެ ފުނޫނަކީ، މިޒަމާނުގެ ލޮލަކުން ބެއްޔަސް ހައިރާންވާފަދަ ކަންކަމެވެ. އެބޭކަލުން ދިވެހި ޤައުމާހުރެ، ރެއަކަށް ދުވާލަކަށް، އަތްވަކަށް ވާރެއަކަށް ބެލުމެއްނެތި ކުރެއްވި ޖިހާދަކީ ދިވެހިންގެ ހަނދާނުން ކެހިގެންދާނެ ކަމެއްނޫނެވެ. އެހެންކަމުން މުޙަންމަދު ތަކުރުފާނުކުރެއްވި މި ޖިހާދަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓެވުމަށް ކުރެއްވި ނުހަނު އަގުހުރި ޖިހާދެކެވެ.a"
ބޮޑުތަކުރުފާނު a”ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރުމަށްފަހުވެސް ތަފާތު ގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ. މިގޮތުން ތަފާތު ގިނަ އިޖުތިމާއީ ޚިދުމަތްތަކެއް ކުރެއްވިއެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) އާއި ނަސީމާ މުޙައްމަދު (2013) އާއި މުޙަންމަދު އިސްމާޢީލް ދީދީ (1995) ލިޔުއްވާފައިވާ ގޮތުގައި، ރަސްކަމަށް އިސްވެވަޑައިގަތުމާއެކު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ، ދިވެހިރާއްޖެގެ ނަން އައްދަޢުލަތު މަހަލްދީބިއްޔާ އަށް ބަދަލުކުރައްވައި ދިވެހިރާއްޖެ އަލުން އާރާސްތުކުރެއްވުމުގެ މަސައްކަތްޕުޅެވެ. މި މަސައްކަތްޕުޅު ކުރެއްވުމުގައި އެއްވެސް ރޮނގެއް ދޫކޮށްލައްވައި ނުވަތަ ލަސްކޮށްލައްވާފައެއް ނުވެއެވެ. މިގޮތުން ކުރެއްވި އެންމެ ފުރަތަމަ ކަމަކީ ރާއްޖެތެރޭގެ އަތޮޅުތައް ހަމައަކަށް އަޅުއްވައި، ޞުލްޙަ މަސަލަސްކަން ޤާއިމްކުރައްވައި، އިސްލާމްދީން ހަރުދަނާކުރެއްވުމުގެ މަސައްކަތްޕުޅެވެ. ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވާ ގޮތުގައި، ބޮޑުތަކުރުފާނު ޢަދުލް އިންޞާފުގެ ދާއިރާ ހަމަ މަގަށްއަޅުވައިދެއްވައި ހަރުދަނާކުރެއްވިއެވެ. އަދި ވަޅުޖަހާފައި އޮތް ތަޢުލީމު އަލުން ދިރުއްވަން މަސައްކަތްކުރައްވައި، ޢިލްމުވެރިންނަށާއި ޢިލްމު ހޯދަން މަސައްކަތްކުރާ މީހުންނަށް ހިތްވަރުދެއްވިއެވެ. ވީރާނާވެ ނެތިގޮސްފައިވާ ދިވެހިންގެ އިސްލާމީ ސަޤާފަތް އަލުން ދިރުވަން މަސައްކަތްޕުޅުކުރެއްވިއެވެ. މިހެންކަމުން އެމަނިކުފާނު ދިވެހި ޤައުމަށް އިޖުތިމާއީ ގޮތުން ތަފާތު ޚިދުމަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.a"
ބޮޑުތަކުރުފާނު a”އިޤްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުންވެސް ތަފާތު އަގުހުރި ޚިދުމަތްތަކެއް ކުރެއްވިއެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) އަދި ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވާ ގޮތުގައި، ބޮޑުތަކުރުފާނު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަން ލިބޭނެ މަގުތައް ހޯއްދަވައިދެއްވައި، އެކަންކަމުގެ ތެރޭގައި ހަނގުބޭކަލުން އަލުން އިންތިޒާމްކުރައްވައި ބޮލިން އެބޭކަލުންނަށް އުޖޫރަދެއްވުމުގެ ބަދަލުގައި މަހަކު 2 ފަހަރުގެ މަގުން ބަނޑު ހަނޑޫ (ފޮއެއްގައި 12 ދެބައިކުޅަ އެއްބައި ނާޅި) ދެއްވައި އެބައިމީހުންނަށާއި ސަރުކާރު މުވައްޒަފުންނަށް އަހަރަކު 3 ހެދުން ދެއްވާގޮތަށް ހަމަޖައްސަވައި ބޮލިން މުޢާމަލާތުކުރުމުގެ ބަދަލުގައި ފައިސާއެއްގެ ގޮތުގައި ދިގު ލާރި ތަޢާރަފްކުރެއްވިއެވެ. ޢަބްދުﷲ ޢިމްރާން (2011) ލިޔުއްވާފައިވާ ގޮތުގައި، ބޮޑުތަކުރުފާނު ތާނަ އަކުރު އުފައްދަވައި އެ އަކުރަށް ލިޔުއްވަންފެއްޓެވިއެވެ. ވީރާނާވެފައިވާ އެތެރެކޮއިލު ބިނާކުރައްވަން ފެއްޓެވުމަށްފަހު މާލެއާއި ރާއްޖެތެރޭގައި ހުރި މިސްކިތްތަކުގެ އާބާތުރަ ފިލުވައި އަލުން މިސްކިތްތައް ބިނާކުރެއްވިއެވެ. އަމަލީގޮތުން ރާއްޖޭގެ ރަށްރަށާއި މީހުންގެ ގެދޮރު ބިނާކުރެއްވުމަށް ބާރު އެޅުއްވިއެވެ. އަދި މާލެއާއި ރާއްޖެ ދިފާޢުކުރުމުގެ ނިޒާމު ހަރުދަނާކުރައްވައި ވަރުގަދަކުރެއްވިއެވެ. އެހެންކަމުން ވެރިކަން ކުރެއްވި ބާރަވަރަކަށް އަހަރަކީ ރާއްޖެއަށް ކުރިއެރުމާއި ބާއްޖަވެރިކަމާއި ތަނަވަސްކަމާއި ހަމަޖެހުން ލިބުނު އަހަރުތަކެކެވެ.a"
2.2 a”އައްސުލްޠާނު އިބްރާހީމް ކަލާފާނު ސިރީސުއްދަސުވަރުދަ މަހަރާދުންa"
ބޮޑުތަކުރުފާނަށްފަހު، a”އެމަނިކުފާނުގެ ދަރިކަލުން އިބްރާހީމް ކަލާފާނު ދިވެހި ޤައުމަށް ޚިދުމަތްތަކެއްކުރެއްވިއެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) އަދި ނަސީމާ މުޙަންމަދު (2010) ލިޔުއްވާފައިވާ ގޮތުގައި، އިބްރާހީމް ކަލާފާނު ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި، މާލެއާއި ގދ. ދެއްވަދޫގައި މިސްކިތް ބިނާކުރެއްވިއެވެ. މިދެ މިސްކިތްވެސް ތަޅާލެވުނީ 1970މ. އަހަރުތަކުގައެވެ. އެރަދުންގެ ރަސްކަމުގައި ފަޤީރުންނަށް ބޭސްފަރުވާކޮށްދެއްވައި، އެފަދަ ކަންކަމަށް ގަނޑުވަރުން ބޭސްދޫކުރައްވާކަމާއި މަރުވާމީހުން ވަޅުލުމަށް ބޭނުންވާ ތަކެތި ދެއްވާކަމާއި ޖަމާޢަތްތެރިން ތިބެގެން މަރުވާ ނިކަމެތިން ވަޅުލުމުގެ ކަންތައް ހިންގެވިކަން ޕިރާޑުގެ ވާހަކަތަކުން އެނގެއެވެ. އަދި ޢިލްމު އުނގެނުމަށް މީސްމީހުންނަށް ހިތްވަރުދެއްވައި މާލީ އެހީވެސް ދެއްވިއެވެ. އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަން މީސްތަކުންނަށް އުނގަންނައިދެއްވިކަންވެސް ޕިރާޑުގެ ބަޔާންތަކުން އެނގެއެވެ. އެހެންކަމުން އިބްރާހީމް ކަލާފާނަކީވެސް ދިވެހި ޤައުމަށް ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވި ބޭކަލެއްކަން އެނގެއެވެ.a"
2.3 a”އައްސުލްޠާނާ ކަޅުކަމަނާފާނު (ތުއްތުކަމަނާފާނު)a"
އައްސުލްޠާނު a”އިބްރާހީމް ކަލާފާނަށްފަހު، ތުއްތުކަމަނާފާނު ދިވެހި ޤައުމުގެ ރަނިކަންކުރެއްވިއެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) އަދި ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވާ ގޮތުގައި، އެ ކަމަނާގެ ރަނިކަމުގެ ކޮއްޔެއް ލެވިފައިވާ ކަމަކަށް ނުފެނެއެވެ. އަދި އެ ކަމަނާ ކުރެއްވި އެއްވެސް ޚިދުމަތެއް ލިޔުންތަކަކުން ފެންނާކަށްނެތެވެ.a"
2.4 a”އައްސުލްޠާން ޙުސޭން ފާމުލަދޭރި ކިލެގެފާނުa"
ޙުސޭން a”ފާމުލަދޭރި ކިލެގެފާނު ރަސްކަމަށް އިސްވެވަޑައިގެންނެވިފަހުން އެރަދުންގެ ކަންތައްތައް ކުރައްވަމުން ގެންދެވި ގޮތާބެހޭ މަޢުލޫމާތު ލިބިފައިވާލެއް ވަރަށްމަދެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) އަދި ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވާ ގޮތުގައި، ކަޅުކަމަނާފާނުގެ ރަނިކަމުގައި ޙުސޭން ފާމުލަދޭރި ކިލެގެފާނަކީ ކަޅުކަމަނާފާނުގެ އިސް ވަޒީރެވެ. ނަމަވެސް އެ ޒަމާނުގައި ރާއްޖެއާއި އަސޭކަރައާ ދެމެދުގެ ވިޔަފާރި ރަނގަޅު ކަމަށާއި ދިވެހީންގެ އުޅަނދުފަހަރު އެ ބަނދަރަށް ދަތުރުކޮށް އުޅުނުކަން އެނގެއެވެ. ޢަބްދުﷲ ޢިމްރާން (2011) ލިޔުއްވާފައިވާ ގޮތުގައި، ޙުސޭން ފާމުލަދޭރި ކިލެގެފާނު އަސޭކަރައާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވިއެވެ. އެހެންނަމަވެސް އެރަދުންގެ މާގިނަ ޚިދުމަތްތަކެއް ފެންނާކަށް ނެތެވެ.a"
2.5 a”އައްސުލްޠާން މުޙަންމަދު އިމާދުއްދީން 1 ސިރީ ކުލަސުންދުރަ ކައްތިރި ބަވަނަ މަހާރަދުންa"
އައްސުލްޠާން a”ޙުސޭން ފާމުލަދޭރި ކިލެގެފާނަށްފަހު، އައްސުލްޠާން މުޙަންމަދު އިމާދުއްދީން ދިވެހި ޤައުމަށް ޚިދުމަތްތަކެއްކުރެއްވިއެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) އާއި ނަސީމާ މުޙައްމަދު (2010) އާއި ނަސީމާ މުޙައްމަދު (2013) ލިޔުއްވާފައިވާ ގޮތުގައި، އައްސުލްޠާން މުޙަންމަދު އިމާދުއްދީން ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި، މާލެ ދިފާއުކުރެއްވުމުގެ ގޮތުން މާލޭ ބޭރުތޮށި ރަނގަޅުކުރައްވައި ވަރުގަދަކުރެއްވުމާއި، މާލޭގެ އިރުމައްޗާއި އުތުރުފަރާތާއި ހުޅަނގު ފަރާތުގައި ބޮޑު ފާރު ލައްވައި ތަންތަންކޮޅުގައި ބުރުޒު ހެއްދެވިއެވެ. އަދި ބޮޑު ކޯއްޓޭ މަރާމާތުކުރައްވައި އެކަށީގެންވާ ގޮތަކަށް އެތަން އިންތިޒާމްކުރައްވައި، ބޮޑުގަނޑުވަރުގެ ވަށައި ކަންޒުކޮންނަވައި ރަސްކަމުގެ ކޯލުގެ ފާރު ވަރުގަދަކުރެއްވިއެވެ. އަދި ގަނޑުވަރުގެ ކުރިމަތީގައި އާ ކޯއްޓޭ ބުރުޒު ހައްދަވައި ގަނޑުވަރުގެ ވަށައިގެންވާ ފާރުގައި ބަޑިދޮރުކަނޑުއްވައި ދިފާޢީ ނިޒާމް ވަރުގަދަކުރެއްވިއެވެ. އަދި ހދ. ކުނބުރުދޫ ޢަލީ މާލިމީ ރާއްޖޭން ބޭރަށް ފޮނުއްވައިގެން ރަތުލޯ 14 ބޮޑުބަޑި ބައްލަވައިގެން ބުރުޒުތަކުގައި އެތަކެތި ހަރުކުރެއްވިއެވެ. ރާއްޖޭގެ ރަށްތަކާއި މާލެ ދުޝްމަނުންގެ ކިބައިން ސަލާމަތްކުރެއްވުމުގެ ހަރުދަނާ ފިޔަވަޅުތައް އެޅުއްވިއިރު އެނޫން ޤައުމީ ޚިދުމަތް ކުރައްވާފައިވާނެކަން ފާހަގަކުރެވެއެވެ. ނަމަވެސް އެއިން ކަމެއް އެނގޭކަން ނެތެވެ.a"
އައްސުލްޠާން a”މުޙަންމަދު އިމާދުއްދީން ޤައުމު ދިފާއުކުރެއްވުމަށް އިތުރު ޚިދުމަތްތަކެއް ކުރެއްވިއެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) އަދި ނަސީމާ މުޙަންމަދު (2010) ލިޔުއްވާފައިވާ ގޮތުގައި، މިރަދުންގެ ރަސްކަމުގައި ހަނގުރާމައަށް އައި ޕޯޗުގީޒުން ބަލިކުރެއްވުމަށްފަހު އެރަދުންގެ ބޮޑު ޅިޔަނު ސާމިޔާފާށިނާގެ ބަޣާވަތް ނިމުމަކަށް ގެންނެވުމުގެ ގޮތުން ދެ ފަހަރަކު މާފިލާފުއްޓަށް ލަސްކަރު ފޮނުއްވެވިއެވެ. އެންމެ ފަހުން ސާމިޔާފާށިނާ ފިއްލަވައިގެން ރައްދުކުރައްވައި މަލިކަށް ވަޑައިގެން އެރަށުގައި އުޅުއްވަނިކޮށް ބަޔަކު ފޮނުއްވައިގެން އޭނާ ހައްޔަރުކޮށްގެން މާލެ ގެންނަވައި ރިހީގެ ހިލިހިލާ އަޅުއްވާފައި ފުވައްމުލަކަށް އަރުވާލައްވައި އެ ރަށުގެ ރަސްގެފަންނުގައި ކުޑަގެއެއް އަޅުއްވައި އެގޭގައި އޭނާ ހައްޔަރުކުރެއްވިއެވެ. ފަހުން އެ ހިލިހިލާއާއެކު ރަށުތެރެއަށް ދޫކޮށްލެއްވިއެވެ. އެމަނިކުފާނަށް މުލަކުން އެންމެ ބޮޑަށް އެހީވީ ދުޑިގަމް އަވަށު މާހޮޅިޔެ ޢާއިލާގެ މީހުންނެވެ. މިކަމަށްޓަކައި މުލަކުގެ ރަސްގެފަންނާއި އެ ފަންނުގެ ނެރު މާހޮޅިޔެދަނޑު މީހުންނަށް ވަގުފްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވިއެވެ. އެވަގުފު ފަތްދެއްވީ އެ ކިލިގެފާނަށް ބޮޑުބޭބެ ވިދާޅުވާ އައްޞުލްޠާން އިބްރާހީމް އިސްކަންދަރު 1 އެވެ. އެފަތް އުވާލެވުނީ 1949މ. ގައި އަލްއަމީރު މުޙަންމަދު އަމީންގެ ވެރިކަމުގައެވެ. އެހެންކަމުން އެމަނިކުފާނަކީ ޤައުމު ދިފާއުކުރެއްވުމަށް ނުހަނު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.a"
2.6 a”އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންa"
އައްސުލްޠާން a”އިބްރާހީމް އިސްކަންދަރު ވަނީ ދިވެހި ޤައުމަށް ތަފާތު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) އާއި ޝަކީލާ ޙާމިދު (2009) އާއި ނަސީމާ މުޙަންމަދު (2010) ލިޔުއްވާފައިވާ ގޮތުގައި، އެ ރަދުންގެ ރަސްކަމުގައި ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި، މަލާބާރިންނާ ދެކޮޅަށް ހަނގުރާމަތައް ކުރެއްވުމާއި، މީހުންނަށް ހެވިކަން ދަސްކޮށްދެއްވުމާއި، ޢިލްމަށާއި ޢިލްމުވެރިންނަށް ލޯބިކުރައްވައި ޢިލްމު ފެތުރުއްވުމަށް މަސައްކަތް ކުރެއްވުމާއި މާލޭ ހުކުރު މިސްކިތު އިސްކަންދަރު ދޮރޯށީގައި ދީނީ ޢިލްމު ކިޔަވައިދޭނެ މީހަކު ޢައްޔަންކުރެއްވުން މީއީ ރާއްޖޭގެ ފުރަތަމަ ތަޢުލީމީ މަރުކަޒު ކަމުގައި ބަލަން ޖެހެއެވެ. ޢަބްދުﷲ ޢިމްރާން (2011) ލިޔުއްވާފައިވާ ގޮތުގައި، އައްސުލްޠާން އިބްރާހީމް އިސްކަންދަރު ޕޯޗުގީޒުންނަށާއި މަލާބާރީންނަށް ރާއްޖެއިން ދެމުންއައި ޖިޒީ ކަނޑާލެއްވުމާއި މާލޭ ހުކުރު މިސްކިތާއި މުންނާރު އަދި ސ.ގަމު ހުކުރު މިސްކިތް ބިނާކުރެއްވުމާއި ރާއްޖޭގެ އާދާކާދަ އާއި ރަސްމީ އާދަކާދާ އިސްލާޙުކުރެއްވުމާއި ދައުލަތް ހިންގެވުމުގައި މަޝްވަރާކުރާނެ މަޖިލީހެއް އުފެއްދެވުމާއި ލާރި ޖެއްސެވުމާއި ބެރުދުންމާރީގެ ކަންތައް އިޞްލާޙުކުރައްވައި އިސްކަންދަރު ހަރުބީގެ ރާގު އުފެއްދެވުމާއި ވިޔަފާރިކަމުގެ ގިނަ ޢަދަދެއްގެ ނާޒޯގެ ފަހަރު ރާއްޖެއަށް އައުމާއި މަލާބާރިންގެ އަތްދަށުގައި އޮތް ރާއްޖޭގެ ރަށެއްކަމުގައިވާ މަލިކު އަނބުރައި އަތުލެއްވުން ހިމެނެއެވެ. އެހެންކަމުން އެ ރަދުން ފާހަގަކުރެވެނީ ތަފާތު ގިނަ ރޮނގުތަކުން ޚިދުމަތްކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.a"
2.7 a”އައްސުލްޠާން ކުޑަ މުޙަންމަދު ރަސްގެފާނު ސިރީ މަނިރަންލޯކަ މަހާރަދުންa"
ކުޑަ a”މުޙަންމަދު ރަސްކަމަށް އިސްކުރެވުނީ އެމަނިކުފާނު ވަރަށް ތުއްޕުޅުއިރުގައެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) އަދި ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވާ ގޮތުގައި، އެމަނިކުފާނުގެ ތުއްޕުޅުކަމާއެކު ރަސްކަމުގެ ކަންތައްތައް ހިންގެވުމަށް ވަޒީރުންނާއި ރަސްކަމުގެ ބޮޑުން އެކަމުގައި އުޅުއްވިއެވެ. އަދި ރަސްގެފާނުގެ އަތްޕުޅުގައި އޮންނަވާ ބޭތަލްމާލުގެ ތަޅުދަނޑިތައްވެސް އޭރު އޮންނަނީ ބޮޑުންގެ އަތްޕުޅުގައެވެ. އެހެންކަމުން ޚަރަދުބަރަދުގެ ކަންތައްތައް އޮތީ ވަރަށް ބޮޑަށް ހިފެހެއްޓިފައެވެ. ނަމަވެސް މާގިނަ ދުވަސްތަކެއްނުވެ އެ މަނިކުފާނުގެ ތުއްޕުޅުކަމުން އެމަނިކުފާނުގެ މަންމާފުޅު ރަސްކަމުގެ ހުރިހާ ކަމަކާ ހަވާލުވެވަޑައިގެންނެވިއެވެ. އެހެންކަމުން އެ މަނިކުފާނުގެ އެއްވެސް ޚިދުމަތެއް ފާހަގަކުރެވިފައެއް ނެތެވެ.a"
2.8 a”އައްސުލްޠާން މުޙަންމަދު މުޙުޔިއްދީނުލް އާދިލް ސިރީ ނާކިރީސުންދުރަ މަހާރަދުންa"
މިރަދުންގެ a”ރަސްކަމަކީ އުތީމު ދަރިކޮޅުގެ އެންމެ ފަހު ރަސްކަމެވެ. މުޙަންމަދު މުޙުޔިއްދީނުގެ ރަސްކަމުގައިވެސް ފާހަގަކޮށްލެވޭ ތަފާތު ގިނަ ޚިދުމަތްތަކެއްވަނީ ކޮށްދެއްވާފައެވެ. މުޙަންމަދު އިބްރާހީމް ލުޠުފީ (2006) އަދި ނަސީމާ މުޙައްމަދު (2010) ލިޔުއްވާފައިވާ ގޮތުގައި، އެ ރަސްގެފާނަށް ރަސްކަން ކުރައްވަން ލިބިވަޑައިގަތީ ވަރަށް މަދު ދުވަސްކޮޅެކެވެ. އަދި ރަދުންނަކީ ޢިލްމުވެރި ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި ދީނީ ޢިލްމުގެ ތެރެއިން ޤާދިރީ ޠަރީޤާގެ ފަލްސަފާއަށް ބުރަވެވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެ ރަދުންގެ އަރިހުގައި ތިއްބެވީ އެ ދުވަސްވަރު މާލޭގައި ތިއްބެވި އެންމެ ބޮޑު ދެ ޢިލްމުވެރީންނެވެ. އަދި ފަނޑިޔާރަކަށް ހުންނެވި އަލްޤާޟީ މުޙަންމަދަކީވެސް އެހާމެބޮޑު ޢިލްމުވެރިއެކެވެ. ވުމާއެކު އެރަސްކަމުގައި ޚާއްޞަ ސަމާލުކަމެއް ދެވިފައި އޮތީ ދީނާ ބެހޭ ކަންކަމުގެ މައްޗަށެވެ. ރަދުންގެ މަޖިލިސްތަކުގައި އަބަދުވެސް އަލްފަޤީހު މުޙަންމަދު ސިރާޖުއްދީން ވައުޟު ވިދާޅުވަމުން ގެންދެވިއެވެ. އަދި ކަނބާ މަރިޔަމްގެ ދައުރުގައި ރަށަށް ފޮނުއްވާލައްވާފައި ހުންނެވި ޙަސަން ތާޖުއްދީން މާލެ ގެންނަވައި މާތްކޮށް ހިއްތަވައި ހުންނަވާނެ ގެޔަކާއި ޚަރަދު ބަރަދު ދެއްވައި، ކޮންމެ މަހަކު 50 ލާރީގެ މުސާރައެއް ދެއްވާފައި އެ މަނިކުފާނަށް ލަފާއެރުވުމަށް ބަހެއްޓެވިއެވެ.a"
މީގެ a”އިތުރުން ޢަބްދުﷲ ޢިމްރާން (2011) އާއި ނަސީމާ މުޙައްމަދު (2000) ލިޔުއްވާފައިވާ ގޮތުގައި، އެ ރަދުން ކުރެއްވި އަމުރުފުޅުތަކުގެ ތެރޭގައި ރަޖަބު މަހު 6 ވަނަ ދުވަހު ނައިބުކަން ހިނގުމާއި ނައިބު ފަތުގައި ހިމެނިފައިވާ އިސްލާމްދީނުގެ ޝިޢާރުތައް ހަރުދަނާ ކަމާއެކު ހިންގަން ބާރު އަޅުއްވައި ކޮލިފަތްތޫރަ ހިންގެވިއެވެ. ކެރިކުޅަދާނަކަން ލިބިގެންވާ މީހުން ޙައްޖަށް ދިއުން ޢާންމުކޮށް ހުޅުވާލަދެއްވިއެވެ. ރައްޔިތުންނަށް ލުއި ދެއްވުމުގެ ގޮތުން ބޮލުވާރު ލުއިކޮށްދެއްވުން ހިމެނެއެވެ. މުންނާރުން މުނާޖާ ގޮވާން ފެއްޓެވިއެވެ. ކުރުކޮށް ބަޔާންކުރަނީނަމަ މުޙަންމަދީ ޝަރީޢަތާއި މިމާތް ދީނުގެ އަދަބުތަކާ ޚިލާފު ހުރިހައިކަމެއް މަނާކުރެއްވިއެވެ. އެހެންކަމުން މިރަދުންނަކީ އައްސުލްޠާން މުޙަންމަދުލް އާދިލް ދަރުމަވަންތަ މަހާރަދުންނާ ހަމައިން ފެށިގެން ރާއްޖޭގައި ރަސްކަންކުރެއްވި އެންމެ ޢަދުލުވެރި އަދި ދީންވެރި ރަސްކަލަކީ މިރަދުން ކަމުގައި ހިމެނެއެވެ.a"
3.0 ނިންމުން
ދިވެހި a”ތަޚުތުގައި އުތީމު ދަރިކޮޅަށް ނިސްބަތްވާ ހަތް ރަސްކަލަކު ރެދެލިކުރައްވައި އެއް ކަނބަލަކު ރަނިކަންކުރެއްވިއެވެ.a" މީގެ a”ތެރެއިން ގިނަ ރަސްރަސްކަލުންނަކީ ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭބޭފުޅުންނެވެ.a" އޭގެ a”ތެރޭގައި މުޙަންމަދު ތަކުރުފާނާއި ކަލާފާނާއި ޙުސޭން ފާމުލަދޭރި ކިލެގެފާނާއި މުޙަންމަދު އިމާދުއްދީނާއި އިސްކަންދަރު ރަސްގެފާނާއި މުޙަންމަދު މުޙްޔިއްދީން އާދިލް ހިމެނި ވަޑައިގަންނަވައެވެ.a" ތުއްތުކަމަނާފާނާއި a”ކުޑަ މުޙަންމަދު ރަސްގެފާނުގެ ޚިދުމަތެއް ފާހަގަކުރެވިފައެއްނެތެވެ.a" މިބޭފުޅުންގެ a”ނުވަތަ މިދަރިކޮޅުގެ ޚިދުމަތްތަކުގެ ތެރޭގައި ދިވެހި ޤައުމުގެ ދިފާޢުގައި ކުރެއްވެވި ގިނަގުނަ ހަނގުރާމަތަކާއި، ދުޝްމަނުންގެ ކިބައިން ޤައުމު ދިފާޢުކުރެއްވުމަށާއި، އުމްރާނީ ތަރައްޤީއަށްޓަކައި ބިނާކުރެއްވެވި ބުރުޒުތަކާއި، ކޮއިލުތަކާއި، މިސްކިތްތައް، ފާހަގަކޮށްލެވެއެވެ.a" ހަމައެހެންމެ a”ދާޚިލީ ހަމަޖެހުން ޤާއިމުކުރެއްވުމަށާއި، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށް ކުރައްވާފައިވާ ކަންކަމާއި، ތަޢުލީމް ޢާންމުކުރެއްވުމަށް ހިންގަވާފައިވާ މަޝްރޫޢުތަކަކީވެސް އަގުހުރި ޚިދުމަތްތަކެކެވެ.a" މީގެއިތުރުން a”ޚާރިޖީ ގުޅުންތައް ވަރުގަދަކުރައްވައި ޤައުމިއްޔަތެއް ބިނާކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްތައްވެސް ގިނަގުނަކަން ފާހަގަކޮށްލަން ޖެހެއެވެ.a" މި ސަބަބުތަކަށްޓަކައި a”މިދަރިކޮޅު ފާހަގަކުރެވެނީ ދިވެހި ރަސްކަމުގައި އެންމެ ޚިދުމަތްތެރި ދަރިކޮޅުގެ ގޮތުގައެވެ.a"
4.0 ޙަވާލާ ލިސްޓް
ނަސީމާ a”މުޙައްމަދު. (2000). ދިވެހިންނާއި ޕޯޗުގީޒުން 3،2،1. ދިވެހީންގެ ތަރިކަ 9،8،7. މާލެ: ދިވެހިބަހާއި ތާރީޚަށް
ޚިދުމަތްކުރާ ޤައުމީ މަރުކަޒު.a"
ނަސީމާ a”މުޙައްމަދު. (2010). ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.a"
ނަސީމާ a”މުޙައްމަދު. (2013، މެއި 18). އުތީމު ދަރިކޮޅުގެ ބައެއް ޚިދުމަތް. ހަވީރު. ނެގީ (އޮކްޓޫބަރު 10، 2013) http://www.haveeru.com.mv/dhivehi/history/maldivian_kings/138337ން.a"
ޢަބްދުﷲ a”ޢިމްރާން. (2011، ޑިސެމްބަރ 18). ދިވެހި ރަސްކަމުގައި އުތީމު ދަރިކޮޅުގެ ޚިދުމަތް. ފަންވަތް. ނެގީ (އޮކްޓޫބަރު 10، 2013)
މުޙަންމަދު a”އިސްމާޢީލް ދީދީ. (1995). ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ. މަލަސް 55. މާލޭ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.a"
މުޙަންމަދު a”އިބްރާހީމް ލުޠުފީ. (1996). އުތީމު ދަރިކޮޅުގެ ރަސްކަން. މަލަސް 84. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.a"
މުޙަންމަދު a”އިބްރާހީމް ލުޠުފީ. (2011). މުޚްތަޞަރު ތާރީޚް ދީބާމަޙަލް. މާލެ: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ.a"
ޝަކީލާ a”ޙާމިދު. (2009، އޭޕްރީލް 23). އައްސުލްޠާން އިބްރާހީމް އިސްކަންދަރު. ފަންވަތް. ނެގީ (އޮކްޓޫބަރު 10، 2013) http://www.fanvai.info/index.php/biography/dhivehi/678-2009-04-23-07-41-37ން.a"
No comments:
Post a Comment
Note: Only a member of this blog may post a comment.